Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

"އާރްއާރްއާރް" ގެ ބަތަލު ރާއްޖޭގައި

މިދިޔަ އަހަރު އިންޑިއާގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އާރްއާރްއާރް" ގެ ބަތަލު ރާމް ޗަރަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އުމުރުން 38 އަހަރުގެ އެކްޓަރު ރާއްޖެ އައީ އަންހެނުން އުޕަސާނާ ކަމިނޭނީއާ އެކީގަ އެވެ. މި ދެމަފިރިންގެ ރާއްޖެ ދަތުރުގެ ފޮޓޯތަކެއް ވެސް ޗަރަން އިންސްޓަގްރާމްގައި މިއަދު ޕޯސްޓްކޮށްފައިވެ އެވެ. އެކަމަކު އެ މީހުން ތިބި ރިސޯޓާ ބެހޭ މައުލޫމާތެއް އެ ޕޯސްޓުން އެނގޭކަށް ނެތެވެ. އަންހެނުންނާ އެކީ ޗަރަން ރާއްޖެ އަށް ޗުއްޓީ އަށް އައި އިރު، އަންހެނުން އިނީ އަލަތު ދަރިފުޅަށް ބަލިވެ އެވެ. އަދި މި ދަތުރަކީ ދެމަފިރިން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދުބާއީ އަށް ކުރި ދަތުރު ނިންމާލައި އިންޑިއާ އަށް އެނބުރި ދިއުމުގެ މަގުމަތީގައި ކުރާ ދަތުރެކެވެ.

އިންޑިއާގެ އެންމެ މަޝްހޫރު ތެލެގޫ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޗަރަން އަކީ އެކްޓަރު ޗިރަންޖީވީ ދަރިއެކެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ގޭމް ޗޭންޖާ" އެވެ. އަދި ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ލަވައަކުން ޗަރަން ފެންނާނެ އެވެ.

ޗަރަން އަކީ 2013 ޕްރިޔަންކާ ޗޯޕްޅާއާ އެކީ "ޒަންޖީރު" ކުޅުނު އެކްޓަރެވެ.