Last Updated: June 20, 11:58
Saturday, June 20, 2026
ރިޕޯޓް

ރޯދަ ރަހަ: ކެރަޓް ކޭކް

* ބޭނުންވާ ތަކެތި:

500 ގްރާމް ކެރެޓު (ގާނާފައި)
550 ގްރާމް ހަކުރު
12 ގްރާމް ލޮނު
450 ގްރާމް ފުށް
10 ގްރާމް މުގުރި ފޮނިތޮށި
7 ގްރާމް ބޭކިންގ ޕައުޑަ
2 ގްރާމް ބޭކިން ސޮޑާ
7 ކުކުޅު ބިސް
400 މިލިލީޓަރު ކުކިން އޮއިލް
155 ގްރާމް ކަނަމަދު

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ފުށާއި ބޭކިން ޕައުޑަ، ބޭކިން ސޮޑާ އަދި މުގުރި ފޮނިތޮށިކޮޅު ފުރޭންޏަކުން ފުރާނާލާނީ އެވެ. އެއަށް ފަހު މިކްސްޗަރަކުން ކުކުޅު ބިސް ރަގަނޅަށް އޮލަވަންދެން މެދު މިނެއްގައި ގިރާނީ އެެވެ. ދެން ބާރު ސްޕީޑުގައި ތިން ވަރަކަށް މިނެޓް ގިރާނީއެވެ. އެއަށް ފަހު އެއަށް ހަކުރު އަޅާފައި ތިން މިނެޓް ބާރަށް ގިރާނީއެވެ. ދެން ތަންކޮޅެއް ފުން ތަށްޓަކަށް އެޅުމަށް ފަހު ފުށް އެއްކޮށްލާނީއެެވެ. އަދި ގާނާފައި ހުރި ކެރެޓާއި ކަނަމަދު ވެސް އެއްކޮށްލާނީއެވެ.

ދެން ކޭކް ފިހާ ޓްރޭގައި 170 ޑިގްރީ އަށް ފިހެލާނީ އެވެ.

ބޭނުން ނަމަ ކޭކް ފިހުމަށް ފަހު، ފްރޮސްޓިން ނުވަތަ ވިޕް ކްރީމް ވެސް ހާކާ ލެވިދާނެ އެވެ. އަދި ގާނިޝްކޮށްލަން ކެރަޓް ގާނާފައި ކޭކުގެ މައްޗަށް އަޅާލެވިދާނެ އެވެ.