ކުރިއަށް އޮތް ފިތުރު އީދު ޗުއްޓީ ހޭދަކޮށްލަން އައްޑޫ ކެނަރީފު ރިސޯޓުން ހާއްސަ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.
އެ ރިސޯޓުން ވަނީ ދިވެހިންނާއި ވޯކް ޕާމިޓް އޮންނަ މީހުންނަށް ވެސް ތިން ޕެކޭޖެއް އީދު ޗުއްޓީ އަށް ފަހިކޮށް ދީފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ސަންރައިޒް ވިލާގައި ދެ މީހަކަށް ބޮލަކަށް ރެއަކަށް 150 ޑޮލަރާއި ސަންސެޓް ބީޗް ވިލާއެއްގައި ދެ މީހަކަށް ބޮލަކަށް ރެއަކަށް 180 ޑޮލަރުގެ އިތުރުން ޖަކޫޒީ ވިލާގައި ދެ މީހަކަށް ރެއަކަށް ބޮލަކަށް 230 ޑޮލަރު ހޭދަކޮށްލައިގެން ޗުއްޓީ ހަދާލެވޭ ޕެޖޭކްތަކެވެ.
މި ޕެކޭޖްތަކުގެ ދަށުން ހަ އަހަރުން ދަށުގެ ކުދިންނަށް އެއްވެސް އަގެއް ނުނަގާނެ އެވެ.
އީދު ޗުއްޓީ ޕެކޭޖްތަކަށް މިހާރު ރިސޯޓަށް ގުޅައިގެން ބުކިންސް ހަދައިލެވޭނެ އެވެ. އެތަނުގެ ނަމްބަރަކީ 6896677 އެވެ.
ކުރިން ހެރަތެރައިގެ ނަމުގައި ހިންގި ރިސޯޓުން ކުރިން ވެސް ހާއްސަ ދުވަސްތަކާ ދިމާކޮށް، ޗުއްޓީގެ ހާއްސަ ޕެކޭޖްތަކެއް ތައާރަފުކޮށްފައިވެ އެވެ.