މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑު އުޅަނދުތަކަށް ޑިޖިޓަލް ލައިސަންސް ދޫކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ލައިސަންސްގެ ފޮތުގައި ދެން ބޭނުން ކުރާނެ ޑިޖިޓަލް ލައިސެންސް އޮޑިތަކަށް ދޫކުރާނީ ޖުލައި މަހުގެ 15 އިން ފެށިގެންނެވެ. އޭގެ ފަހުން މިހާރު ބޭނުންކުރާ ލައިސަންސް ފޮތް ބޭނުން ކުރުން ނިމުމަކަށް އަންނާނެ އެވެ.
ޓްރާންސްޕޯޓުން ބުނީ ޑިޖިޓަލް ލައިސަންސް ބޭނުން ނަމަ، ޕްރިންޓްކޮށްގެން ވެސް ބޭނުން ކުރެވިދާނެ އެވެ. ސަބަބަކީ އެ އުޅަނދެއް އެ ވަގުތު އޮންނަ ސަރަހައްދަކުން ރޭންޖް ނުލިބޭ މައްސަލަ ދިމާވެއްޖެ ނަމަ ޑިޖިޓަލް ލައިސަންސް ބޭނުން ކުރުން ދަތިވާނެތީ އެވެ.