ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކް ޚާންގެ ފިލްމު "ޕަތާން" ގެ ވީއެފްއެކްސް އަށް ކުރި މަސައްކަތް އެ ފިލްމުގެ ޓީމުން ދައްކާލައިފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މި އެކްޝަން ތުރިލާހެ ވީއެފްއެކްސް ހެދީ އެ ތަނުގެ އެ މަސައްކަތް ހާއްސަ ޔުނިޓް ވައިވިއެފްއެކްސްއިންނެވެ. "ޕަތާން" ގައި ހިމެނޭ ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ އެތައް އެކްޝަން މަންޒަރަކަށް ފިލްމުގެ ޓީމުން ހަދާފައި އޮތް ވީކްއެފްކްސް ވީޑިއޯއަކުން ދައްކައިލުމުން ގިނަ ބައެއްގެ ސަމާލުކަން ވެސް ލިބިފައިވެ އެވެ. އަދި ވީޑިއޯ އަށް އެތައް ބަޔަކު ކޮމެންޓް ބުނެފައިވެ އެވެ.
ގިނަ މީހުން ފާހަގަކޮށްފައިވާ ގޮތުގައި އެ މީހުން ކުރިން ހީކުރި ގޮތާ ހިލާފަށް "ޕަތާން" ގެ ވަރަށް ގިނަ މަންޒަރުތަކެއް ހުރީ ގްރީން ސްކްރީން ބޭނުންކޮށްގެން ނަގައި، ވީއެފްއެކްސް އިން މަންޒަރުތަކަށް އަސްލު ސިފަ ގެނެސްފަ އެވެ.
"ޕަތާން" އަކީ ސިދާތު އާނަންދު ޑައިރެކްޓްކުރި އެކްޝަން ތުރިލާއެކެވެ. ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުނު މީގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.