ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާސްޓާކާޑް ކަސްޓަމަރުންނަށް ޗެންޕިއަންސް ލީގު ފައިނަލް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.
މިއަދު ފެށި މި އައު ޕްރޮމޯޝަނާ ގުޅޭގޮތުން ބީއެމްއެލްއިން ބުނެފައިވަނީ މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އިސްތަންބޫލްގައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗް ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި ޕްރޮމޯޝަންގައި މާސްޓަރކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 12 އެޕްރީލް އިން 9 މެއި 2023 ގެ ނިޔަލަށެވެ.
މާސްޓަރކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރއެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.