Last Updated: June 8, 09:48
Monday, June 8, 2026
ޚަބަރު

ލިންކުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރޭ

ހިތަދޫ ކުނިކޮށީގައި ރޯވެފައިވާ އަލިފާން ގަނޑު ނިވުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުން ދިއުމާއި އެކު ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތަށް ނުކުރުމަށް އައްޑޫ ސިޓީ ޕޮލިސް އިން އެދިއްޖެއެވެ.

ހޯމަ ދުވަހު ހިތަދޫ ކުނިކޮށީގައި ރޯވި އަލިފާންޑު އަފިވެސް އެއްކޮށް ނިއްވާ ލެވިފައި ނުވެއެވެ. މިއަލިފާން ގަނޑު ނިއްވާލުމަށް އައްޑޫގެ މުވައްސަސާތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން އަލިފާން ނިއްވުމަށް މިރޭ ހާއްސަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މިމަސައްކަތް ކުރުމަށް ހިތަދޫ ލިންކް ރޯޑް ހުރަސްކޮށް ހޮޅިތަކެއް އަޅާފައިވާއިރު، ކުނިކޮށި ހުރަސްކޮށް ލިންކް ރޯޑުގައި ދުއްވުން ފުލުހުން ދަނީ މޮނީޓަރ ކޮށް ބަލަހައްޓަމުންނެވެ. އަދި އުޅަނދުތައް ހުއްޓުވައި ބައެއް ފަހަރު 20 މިނިޓަށް ވެސް މަޑުކުރަން ޖެހިދެއެވެ.

އެހެން ކަމުން މި ސަރަހައްދުން މަޖުބޫރު ވެގެން ނޫނީ ދަތުރު ނުކުރުމަށް އައްޑޫސިޓީ ޕޮލިހުން ވަނީ އިލްތިމާސްކޮށްފައެވެ. އެއީ މި ސަރަހައްދު ޓްރެފިކް ތޮށް ޖެހި، އަލިފާން ނިއްވަމް ހަރަކާތްތެރިވާ ފަރާތްތަކަތް ވެސް ދަތިތަކެއް ކުރިމަތިވަމުން ދާތީ ކަމަށް ފުލުހުން ބުނެއެވެ.

މިމަހުގެ 10 ވަނަ ދުވަހު ހަވީރު ހިތަދޫ ކުނިކޮށީގައި ރޯވި އަލިފާންގަނޑު އަދިވެ އެއްކޮށް ނިއްވާ ނުލެވެއެވެ. އަލިފާނގަނޑު ފެތުރުން ކޮންޓްރޯލް ކޮށްފައިވާއިރު ކުނި ފުނީގެ އެތެރޭގައި އަލިފާން ހިފާވުމުން އަދިވެސް އެކި ދިމާ ދިމާލުން އަލިފާން އެބަހުއްޓެވެ. އަދި މި ސަރަހައްދަށް ދުންގަނޑު ފެތުރުމާއި ގުޅިގެން ކުނިކޮށްޓާއި އިންވެގެން އޮތް ލިންކް ރޯޑު ހުރަސް ކުރުމަށް ވަނީ ދަތިވެފައެވެ.

އަލިފާން ނިއްވަން އައްޑޫ ކައުންސިލާއި މުއައްސަސާތައް ވަނީ ބައްދަލުކޮށްފައެވެ.