* ބޭނުންވާ ތަކެތި:
1 ޖޯޑު ބްރައުން ޝުގާ
2/3 ޖޯޑު ފުށް
1 ސައިސަމުސާ ކޮފީ
2 ޖޯޑު ބަޓަރު
2 ޖޯޑު ފުށް
2 ސައިސަމުސާ ބޭކިން ޕައުޑަ
1/2 ސައިސަމުސާ ލޮނު
1 ޖޯޑު ހަކުރު
1 ބިސް
1 ސައިސަމުސާ ވެނީލާ އެސެންސް
1/2 ޖޯޑު ކިރު
1 ޖޯޑު ބުލޫބެރީ
ތައްޔާރު ކުރާނެ ގޮތް:
ބޯތައްޓެގައި ބްރައުން ޝުގާ، ފުށުން އެއްބަޔާއި، ކޮފީ އަދި ބަޓަރުން އެއްބައި އަޅާފައި އެއްކޮށްލާށެވެ.
ދެން އެހެން ތައްޓެއްގައި ދެވަނަ ތަށީގައި ބާކީ ހުރި ބަޓަރާއި ހަކުރު އެއްކޮށްލުމަށްފަހު ބިހާއި ވެނިލާ އެސެންސް އަޅައި ގިރައިލާށެވެ.
އެއަށް ފަހު ޖޯޑު ފުށް، ބޭކިން ޕައުޑަ އަދި ލޮނު އަޅާފައި ރީއްޗަށް ގިރައިލާށެވެ. ދެން އަވަން ތައްޓެއްގެ ތިރިއަށް ދެވަނަ އަށް ގިރި ބައި އަޅާފައި އޭގެ މައްޗަށް ބްލޫބެރީ އަޅާފައި ބާކީހުރި ބައި މައްޗަށް އަޅާށެވެ. ދެން ފުރަމަތަ ގިރި ބައި އޭގެ މައްޗަށް އަޅާފައި 175 ޑިގްރީގައި ގަޑިއްހާ އިރު ފިހެލާނީ އެވެ.
ފިހެލުމުގެ ކުރިން ބޭނުން ނަމަ މައްޗަށް ވެސް ބްލޫބެރީ އަޅާލެވިދާނެ އެވެެ.