Last Updated: July 21, 18:02
Wednesday, July 22, 2026
ދުނިޔެ

މި ފޮތް ރޯދަ މަހަށް ހާއްސަ

ރޯދަ މަހަކީ އެންމެން ވަރަށް ޒާތްޒާތުގެ އެއްޗެހި ކައްކާ މަހެކެވެ. އާންމުކޮށް ތަޖުރިބާ ނުކުރާ ކަހަކަ ކެއުންތަކަށް ރޯދަ މަހު އިސްކަންދޭ މީހުން ވެސް އުޅެ އެވެ. އެހެންވެ ތަފާތު ރެސިޕީތައް ހޭވުމަކީ ރޯދަ މަހު ބައެއް މީހުންގެ އާންމު އާދައެކެވެ.

އެހެންވެ އެފަދަ މީހުންނަށް މިއޮތީ ވަރަށް ހާއްސަ ފޮތެއްގެ ވާހަކަ އެވެ. މިއީ "ދަ ރަމަދާން ކުކް ބުކް" އެވެ. ތަފާތު 80 ރެސިޕީއެއް އެކުލެވޭ މި ފޮތަކީ އިނގިރޭސިވިލާތުގެ މަޝްހޫރު މުސްލިމް އަންހެން ބްލޮގަރު އަނީސާ ކެރަލިއާ އެކުލަވާލާފައިވާ ފޮތެކެވެ.

ޕެންގްއިންގެ ތައްގަނޑުގައި މިދިޔަ މަހުގެ 9 ގައި ނެރުނު "ދަ ރަމަދާން ކުކް ބުކް" ޕެންގްއިން ރޭންޑަމް ހައުސްއިންނާއި އެމެޒޯން އިން ވެސް ގަނެލެވޭނެ އެވެ. މީގައި ހިމެނޭ 80 ރެސިޕީގެ ތެރޭގައި ރޯދަ މަހު ތައްޔާރުކޮށްލެވިދާނެ ހާއްސަ ރެސިޕީތަކެއްގެ އިތުރުން އީދާއި އަދި މުޅި އަހަރުގެ ތެރޭގައި ވެސް ރަހަ ތފާތުކޮށް ކައްކައިލެވިދާނެ ކަހަލަ ރަހަމީރު ވާނެ ރެސިޕީތަކެއް ހިމެނެ އެވެ.

"ދަ ރަމަދާން ކުކް ބުކް" ބަލާލުން ހަމަ ރަނގަޅު ވާނެ ދޯ އެވެ؟