Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ހިމަންދޫ ފުޓްބޯޅަ ދަނޑު ނިންމާލައިފި

އއ. ހިމަންދޫގެ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި އެ ދަނޑުގެ ފޮޓޯއަކާއި ވީޑިއޯއެއް ޓްވީޓްކުރައްވައި ވިދާޅުވީ މިއީ ސަރުކާރުން ނިންމި 41 ވަނަ ދަނޑު ކަމަށެވެ.

އޭނަ އިއްޔެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވަމުން ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން ވަރަށް ބޮޑު މަސައްކަތްތަކެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި 50 ވަނަ ފުޓްބޯޅަ ދަނޑު ހުޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން މިހާތަނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެ އެވެ.