ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ އުމުރަށް ޖަލުގައި އޮންނަން ޖެހޭ ބޮޑު މުޖުރިމެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޔެ ފާހަގަކުރި އަދީބުގެ އުފަން ދުވަހާ ގުޅުވައި އޭނަ ނިސްބަތްވާ ޕާޓީ، މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެކްޓްސް އިން ކުރި ޓްވީޓަކާ ގުޅިގެން މުއިއްޒު ވިދާޅުވީ އަދީބަކީ އެމްއެމްޕީއާރްސީގެ ތެރެއިން ދައުލަތަށް ހިޔާނާތްތެރިވެ، އެ ފައިސާ ވެސް ދައްކަން ޖެހޭ ޖީހެއް ކަމަށެވެ.
"[އެއީ] ބޮޑު މުޖުރިމެއް. އުމުރަށް ޖަލުގައި ހުންނަން ޖެހޭ މީހެއް." މުއިއްޒު ވިދާޅުވި އެވެ.
Bodu mujurimeh. Umurah jaluga hunnanjehey meeheh. Khiyaanaaiytherivi faisaa dhaulathah dhakkan jehey meeheh. https://t.co/vJV7WVtTyR
— Ahmed Muizzu (@AhmedMuizzu) April 12, 2023
އަދީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން ވަކިކޮށް، އެ މަގާމަށް ހަމަޖެއްސި ބޭފުޅާ އެވެ. އަދި ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި ސިފަކުރާ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގެވީ ޔާމީނާއި އަދީބު އިސްކޮށް ތިއްބަވައިގެންނެވެ.
އެ ހިޔާނާތުގެ ތެރެއިން ލިބުނު މާލީ މަންފާތަކުގެ މައްސަލައެއްގައި ޔާމީން މިހާރު ވެސް ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.