Last Updated: June 20, 11:58
Saturday, June 20, 2026
ރިޕޯޓް

ރޯދަ ރަހަ: ޕޮމެގްރެނޭޓް މޮޖީޓޯ

* ބޭނުންވާ ތަކެތި:

25 މިލލީޓަރު ޕޮމެގްރެނޭޓް ސިރަޕް
15 މިލިލޓަރުގެ ލެމަން ސިރަޕް
3 ފޮތި ލުނބޯ
6 މިންޓު ފަތް
15 ގްރާމް އަންނާރު އޮށް
120 މިލިލީޓަރުގެ ސްޕްރައިޓް
50 ގްރާމް އައިސް

* ތައްޔާރު ކުރާނެ ގޮތް:

ސްޕްރައިޓް ފިޔަވައި ހުރިހާ ތަކެެއްޗަށް ދިގު ތައްޓެއްގެ ތެރެއަށް އަޅާލުމަށް ފަހު މަތި ބަންދުކޮށްގެން ދެތިން މިނެޓު ވަންދެން ހަލުވާށެވެ. އެއަށް ފަހު ސްޕްރައިޓް އަޅާލުމަށް ފަހު، ހަލުވާފައި ބޯން ބޭނުންވާ ތައްޓަކަށް އަޅާފައި އޭގެ ތެރެއަށް އަންނާރު އޮތް އަޅައިލާށެވެ. އަދި ގާނިޝްކޮށްލަން މިންޓް ދެތިން ފަތެއް ވެސް އޭގެ މައްޗަށް އަޅާލެވިދާނެ އެވެ.