Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

މިރޭގެ އިހުޔާ ފޯރަމް ފުވައްމުލަކުގައި

އިސްލާމިކް މިނިސްޓްރީންގެ އިހުޔާ ފޯރަމް މިރޭ ފުވައްމުލަކުގައި ބާއްވަން ނިންމައިފި އެވެ.

މިރޭގެ ފޯރަމްގައި "ﷲ ގެ ނިޔާ އަށް ރުހުން" މި މައުޟޫ އަށް ތަގުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް މުހައްމަދު އަނީލް އާއި ޝެއިހް ނަސްރުﷲ އަލީ އެވެ. މި ފޯރަމް މިރޭ 9:30 ގައި އޮންނާނީ ފުވައްމުލަކުގެ މުހައްމަދު ޖަމާލުއްދީން ސްކޫލްގަ އެވެ.

ރޯދަ މަހުގެ ރޭތައް އިހުޔާކުރަން މިނިސްޓްރީން ބާއްވަމުން އަންނަ އިހުޔާ ޕްރޮގްރާމްގެ ތެރެއިން ރޭ މާލޭގެ އިސްލާމީ މަރުކަޒުގައި މި ރޯދަ މަހުގެ 13 ވަނަ އިހުޔާ ފޯރަމް ބާއްވާފައިވެ އެވެ.

ފޯރަމް ކުރިއަށް ގެންދަނީ މާލެ އާއި އަތޮޅު ތެރެއިންނެވެ. މިހާތަނަށް ފޯރަމް ބޭއްވި ރަށްރަށުގެ ތެރޭގައި އައްޑޫ ހިތަދޫ، ހދ. ކުޅުދުއްފުށީ، ރ. ދުވާފަރު، ޅ. ނައިފަރު، ހއ. ހޯރަފުށި އަދި ގދ. ތިނަދޫ ހިމެނެ އެވެ.