Last Updated: July 19, 16:30
Saturday, July 19, 2025
ޚަބަރު

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން މާދަމާ

ވާދަވެރި ބައި-އިލެކްޝަނެއްގެ ގޮތުގައި ފާހަގަކުރެވޭ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން މާދަމާ ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ތައްޔާރުވެއްޖެ އެވެ.

އެ ކޮމިޝަނުން ބުނީ އެއަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރުވެ ނިމިފައިވާ ކަމަށެވެ.

މި ބައި-އިލެކްޝަނަށް ތިން ޕާޓީއަކުން ވާދަކުރެ އެވެ. އެއީ ޕީޕީއެމާއި އެމްޑީޕީގެ އިތުރުން އެމްއެމްޕީންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓަކީ ގުރައިދާ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނު ސަބަބު ކަމަށްވާ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އެވެ. ބައި-އިލެކްޝަން ބާއްވަން ޖެހުނީ ފެބްރުއަރީ މަހު ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. އޭނަ އަކީ ގުރައިދޫ ދާއިރާ 14 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފުރުއްވި ބޭފުޅެކެވެ.

މި ދާއިރާ އަށް އެމްޑީޕީން އިބްރާހީމް ޝާޒް ވާދަކުރައްވާ އިރު، އެމްއެންޕީގެ ކެންޑިޑޭޓަކީ އަލީ އަރީފެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ބަލާލާ އިރު، އެންމެ ވާދަވެރިކަން ބޮޑީ ޕީޕީއެމާއި އެމްޑީގެ ކެންޑިޑޭޓްގެ މެދުގަ އެވެ. ދެ ޕާޓީން ވެސް ބުނަނީ ފަސޭހަކަމާ އެކީ ގޮނޑި ކާމިޔާބުކުރާނެ ކަމަށެވެ.