ފުވައްމުލަކު ގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިން (ޓިވެޓް) ސެންޓަރެއް ހަދަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއަކީ ބިލްޑް، ފައިނޭންސް އަދި އޮޕަރޭޓް ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.
އެހެންވެ ފުވައްމުލަކުގެ ވޮކޭޝަނަލް ސެންޓަރުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ޓާމްސް އޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. ހުންނާނެ ކަމަށެވެ.