Last Updated: July 15, 18:06
Thursday, July 16, 2026
ޚަބަރު

މުސްލިމުންގެ އާބާދީ ދެ ބިލިއަނަށް

ދުނިޔޭގެ މުސްލިމުންގެ އާބާދީ މިހާރު ދެ ބިލިއަނަށް އަރާފައިވާ ކަމަށް ގްލޯބަލް މުސްލިމު ޕޮޕިއުލޭޝަން ބުނެފި އެވެ.

ދުނިޔޭގެ އާބާދީ މިހާރު އަށް 8 ބިލިއަނަށް އަރާފައިވާ އިރު، މުސްލިމުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހުން އިތުޔރުވަމުން އަންނަ އިރު، ދެ ބިލިއަން މުސްލިމުންމާ އެކީ މިހާރު އެއީ ދުނިޔޭގެ އާބާދީގެ 25 ޕަސެޓް ކަމަށް ވެސް ގްލޯބަލް މުސްލިމު ޕޮޕިއުލޭޝަނުން ބުންޏެވެ.

އެތަނުން ފާހަގަކޮށްފައިވާ ގޮތުގައި އިސްލާމް ދީނަކީ ދެވަނަ އަށް އެންމެ ބާރަށް ފެތުރެމުން އަންނަ ދީނެވެ. މިހާރު އެންމެ ގިނައީ ނަސާރާ ދީނުގެ މީހުންނެވެ. އިސްލާމް ދީނަކީ ދުނިޔޭގެ 26 ގައުމެއްގެ ރަސްމީ ދީނެވެ. އޭގެ ތެރޭގައި އެފްރިކާ އާއި އޭޝިއާ ބައްރުގެ ގައުމުތައް ހިމެނެ އެވެ. އަދި އިސްލާމް ދީނަކީ މިހާރު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ފެތެރުމުން އަންނަ ދީނެކެވެ.

ގްލޯބަލް މުސްލިމު ޕޮޕިއުލޭޝަނުން އަންދާޒާކޮށްފައިވާ ގޮތުގައި 2060 އާ ހަމައަށް އަންނަ އިރު، ދުނިޔޭގައި މުސްލިމުންގެ އާބާދީ 70 ޕަސެންޓަށް އިތުރުވާނެ އެވެ. މިހާރު މުސްލިމުން އެންމެ ގިނަ ގައުމުތަކަށް ބަލާ އިރު، އެންމެ ކުރީގައި ހިމެނެނީ 240,977,000 މީހުންނާ އެކީ އިންޑޮނީޝިއާ އެވެ.