އުރީދޫ މޯލްޑީވެސްގެ އީކޮމާސް ޕްލެޓްފޯމަށް މަޝްހޫރު ވާވޭ ކުންފުނީގެ ވޮޗް ބަޑްސް ތަޢާރަފްކޮށްފިއެވެ.
ވާވޭ ވޮޗް ބަޑްސް އަކީ ސްމާޓް ވޮޗްއެއްގެ ފީޗާސްތަކާއި އެކު އިއާބަޑްސް ލިބިގެންދާ އީޖާދީ ގަޑިއެކެވެ. ވާވޭ ވޮޗް ބަޑްސް އުފައްދާފައިވަނީ މެދު ކެނޑުމެއްނެތި ކަސްޓަމަރުން އިތުރު ފަސޭހަކަމާއެކު ގުޅުވާލަދޭ ސިފަތައް ހިމަނައިގެންނެއެވެ. އެންމެ ކޮލިޓީ އަދި ސާފު އަޑު ލިބޭއިރު، މިއީ އާންމުކޮށް ދަތުރުކުރާ މީހުންނަށް ވަރަށް ފުރިހަމަ ޑިވައިސްއެކެވެ. މީގެ އިތުރުން ތުނި ރީތި ޑިޒައިނާއެކު އުފައްދާފައިވާ ވާވޭ ވޮޗް ބަޑްސް އަކީ މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށްވެސް އެންމެ ފުރިހަމަ ފަހުގެ ގެޖެޓެވެ.
މިގަޑިއާއި އެކީ ލިބޭ ބަޑްސް އަކީ އަޑު ސާފު، ހައިބްރިޑް ނޮއިޒް ކެންސެލޭޝަން ފީޗަރ ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ އިއާބަޑްސް ތަކެކެވެ. މިއީ ތުނި އަދި ޒަމާނީ ރީތި ސްމާޓް ވޮޗެއްގެ ހުރިހާ ފީޗާއެއް ހިމެނޭ ސްމާޓް ގަޑިއެކެވެ. މި ބަޑްސް އެއް ފަހަރު ޗާޖު ކޮށްލުމުން 10 ގަޑިއިރަށް ބެޓަރި ހިފަހައްޓައެވެ. އަދި ޗާޖިން ކޭސް އާއިއެކު ޖުމްލަ 30 ގަޑިއިރު ޗާޖު ހުރެއެވެ. މީގެ އިތުރުން ދަށް ލޭޓެންސީއެއްގައި އަޑު ލިބޭނެ ކަމަށް އުރީދޫއިން ފާހަގަ ކުރެއެވެ.
އުރީދޫގެ އީކޮމާސް ޕްލެޓްފޯމަށް މި ސްމާޓް ވޮޗް ތައާރަފް ކުރުމުގެ އުފުލުގައި ކަސްޓަމަރުންނަށް ރަމަޟާން މަހުގެ ނިޔަލަށް ހާއްސަ އަގެއްގައި ލިބެން ހުންނާނެއެވެ. އެގޮތުން މި ރޯދަމަހުގެ ނިޔަލަށް ގަޑި މޫލި ޕްލެޓްފޯމުން 6999 ރުފިޔާއަށް ލިބޭނެއެވެ. މޫލި ޕްލެޓްފޯމުން ގަޑި ގަންނަ ފަރާތްތަކަށް ރާއްޖޭގެ ކޮންމެ ހިސާކަށްވެސް މުޅިން ހިލޭ ޑެލިވާރ ކޮށްދޭނެއެވެ.
މޫލީ މެދުވެރިކޮށް ވާވޭ ވޮޗް ބަޑްސް ގަތުމަށް: http://ore.do/watchbuds ޒިޔާރަތްކޮށްލައްވާށެވެ.
މޫލި އަކީ އުރީދޫގެ އީކޮމާސް ޕްލެޓްފޯމެވެ. މި ޕްލެޓްފޯމުން އުރީދޫ އެޕްގެ ޒަރީއްޔާއިންވެސް އެއްޗެހި ގަނެލޭނެއެވެ.