Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

ޓޫރިސްޓުންގެ އަދަދު 6 ލައްކައާ ގާތަށް

މި އަހަރު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 6 ލައްކައާ ގާތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 592،605 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 20 އިންސައްތައިގެ އިތުރުވުމެކެވެ. ކުރީ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރީ 493،878 ޓޫރިސްޓުންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ ރަޝިއާ އެވެ. އެ ގައުމުން 71،989 ޓޫރިސްޓުން އައިސްފައިވާއިރު ދެން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާ އަދި އިނގިރޭސިވިލާތުންނެވެ.

ރާއްޖޭގެ 170 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 41،241 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 895 ގެސްޓްހައުސް އެއް އަދި 158 ސަފާރީއެއްގައި 2959 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.