Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

މާޓިނޭޒަށް ސީޒަން ނިމިއްޖެ

އަނިޔާގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑްގެ އާޖެންޓީނާ ޑިފެންޑަރު، ލިސަންޑްރޯ މާޓިނޭޒަށް ސީޒަން ނިމިއްޖެ އެވެ.

މާޓިނޭޒްގެ ފަޔަށް އަނިޔާވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލްގައި ސެވިއްޔާއާ ބައްދަލުކޮށް 2-2 އިން ޔުނައިޓެޑް އެއްވަރުވި މެޗުގަ އެވެ.

ޔުނައިޓެޑުން ބުނީ އެ އަނިޔާއާ ގުޅިގެން މާޓިނޭޒަށް ސީޒަން ނިމިފައިވާ ކަމަށާއި ނަމަވެސް އަންނަ ސީޒަން ފެށެންވާއިރަށް އޭނާ އަނިޔާ އިން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ޔުނައިޓެޑްގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ މާޓިނޭޒް ވަނީ މި ސީޒަނުގައި އެޓީމަށް 45 މެޗު ކުޅެދީފަ އެވެ.

މާޓިނޭޒްގެ އިތުރުން އެ މެޗުގައި ޔުނައިޓެޑްގެ ފްރާންސް ޑިފެންޑަރު ރަފޭލް ވަރާނަށް ވެސް އަނިޔާވެފައިވެ އެވެ. މި ސީޒަނުގައި ވަރާން ފެނުމުގެ ފުރުސަތު އަދި އޮތްއިރު ޔުނައިޓެޑުން ވަނީ އަނިޔާއާ ގުޅިގެން ދުވަސްކޮޅަކަށް ވަރާން ކުޅުމާއި ދުރުގައި ހުންނަންޖެހޭ ކަމަށެވެ.

ޔުނައިޓެޑްގެ މުހިއްމު ދެ ޑިފެންޑަރުންނަށް އަނިޔާވެފައިވާއިރު އެޓީމުން އަންނަނީ ޕްރިމިއާ ލީގުގެ ގަދަ ހަތަރެއް އަދި އެފްއޭކަޕާއި ޔޫރޮޕާ ލީގަށް ވެސް ވާދަކުރަމުންނެވެ.