* ބޭނުންވާ ތަކެތި:
1/4 1 ޖޯޑު ގްރާމް މާރީ ބިސްކޯދު (މުގުރާފައި)
2 މޭޒުމަތީ ސަމުސާ ބަޓަރު
2 ވައް ދޮންކެޔޮ (ކޮށާފައި)
2 ޖެލޯ ވެނީލާ އިންސްޓަންޓް ޕުޑިން
3 ޖޯޑު ކިރު (ފިނިކޮށްފައި)
1/2 1 ޖޯޑު ވިޕިން ކްރީމް
* ތައްޔާރު ކުރާނެ ގޮތް:
ބިސްކޯދާއި ބަޓަރު އެއްކޮށްފައި ޓްރޭގެ ތިރީގައި ފަތުރާލާށެވެ. ދެން ކޮށާފައި ހުރި ދޮންކެޔޮތަކުން އެއްބައި ބިސްކޯދުތައް މަތީގައި ފަތުރާލާށެވެ. އެއަށް ފަހު އެއް ޖޯޑު ވިޕިން ކްރީމް ވަކިން ހަލުވާފައި ދޮންކެޔޮތަކުގެ މައްޗަށް އަޅާށެވެ.
ދެން ޕުޑިން މިކްސަރާއި ކިރު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ކުރިން ތައްޔާރުކުރި ބައިގެ މައްޗަށް މީގެ ލޭޔާއެއް ފެތުރުމަށް ފަހު، ފިނިކޮށްފައި ސާވްކުރާނީ އެވެ.
ބޭނުން ނަމަ ސާވްކުރާ އިރު ކޮށާފައި ހުރި ދޮންކެޔޮ ވެސް މައްޗަށް އަޅާލެވިދާނެ އެވެ.