ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް އައްޑޫ ސައުތު ޕާމް ރިސޯޓުން ވެސް ޗުއްޓީ ޕެކޭޖްތަކެއް ތައާރަފުކޮށްފި އެވެ.
މީދޫ ކައިރީ އޮންނަ އެ ރިސޯޓުން ބުނި ގޮތުގައި މި މަހުގެ 21 އިން އަންނަ މަހުގެ 21 އާ ހަމައަށް ހުޅުވާލާފައިވާ ޕެކޭޖްގެ ފެށޭ އަގަކީ 160 ޑޮލަރަވެ. އަދި 5 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް އަގެއް ނުނަގާނެ އެވެ.
ސައުތު ޕާމްގެ އީދު ޕެކޭތްކަކަށް ބުކިންސް ހެދުމުގެ ފުރުސަތު ހުޅުވާލާފައި އިރު، އިތުރު މައުލޫމާތު 6890010 އިން ހޯދޭނެ އެވެ. އެ ރިސޯޓްގެ އީދު އޮފާ ހާއްސަކޮށްފައި ވަނީ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުންނަށެވެ.
މިދިޔަ އަހަރުގެ ފިތުރު އީދާއި ބޮޑު އިދާ ދިމާކޮށް ވެސް ސައުތު ޕާމް އިން ޗުއްޓީ ހަދާލުމުގެ ހާއްސަ އޮފާތަކެއް ހުޅުވާލި އެވެ.