Last Updated: July 19, 15:44
Saturday, July 19, 2025
ޚަބަރު

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ފަށައިފި

އާރިފް، ޝާޒް އަދި ރިޒާ.

ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ވޯޓްލުން ފެށީ ހެނދުނު 8:00 ގަ އެވެ. ވޯޓްލުން ކުރިއަށް ދާނީ ހަވީރު 4:00 އާ ހަމައަށެވެ. ގުރައިދޫ ދާއިރާ އަކީ 3 ރަށް ހިމެނޭ ދާއިރާއެކެވެ. އެއީ ގުރައިދު އާއި މާފުށީގެ އިތުރުން ގުޅި އެވެ. މި ދާއިރާގެ ވޯޓްލުން ކުރިއަށް ދަނި އެ ރަށްކުގެ އިތުރުން އިތުރުން މާލޭގަ އެވެ.

މި ބައި-އިލެކްޝަނަށް ބަހައްޓާފައި ބަނީ ޖުމްލަ ހަ ވޯޓު ފޮއްޓެވެ. މި އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެއީ ގުރައިދޫން 1394 މީހުންނާއި މާފުށިން 1366 މީހުންނާއި ގުޅިން 663 މީހުންނެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ތިން ޕާޓީއަކުން ވާދަކުރެއެވެ. އެގޮތުން މި އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ ޙުސައިން ރިޒާ އެވެ. އޭނަ އަކީ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ އެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ ޕީޕީއެމަށް ނިސްބަތްވި ރިޒާ ފެބްރުއަރީ މަހު އަވަހާރަވުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި އެމްޑީޕީން އިބްރާޙިމް ޝާޒް ވާދަކުރައްވާ އިރު، އެމްއެންޕީގެ ކެންޑިޑޭޓަކީ އަލީ އާރިފެވެ.