އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކަލްޓް ފިކުރުގެ އަމަޒަކީ "މޮބް ރޫލް" ކަމަށާއި އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު މަވޯޓާ) ވިދާޅުވެއްޖެ އެވެ.
ސަޕޯޓަރުންތަކެއް ގޮވައިގެން މިހާރު "ފިިރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ނަޝީދު ހިންގަވާތީ ފާޑު ވިދާޅުވެ، މަވޯޓާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ނަޝީދުގެ ކަލްޓް ފިކުރަކީ ރާއްޖޭގެ މުސްތަގުބަލަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
"އަދި ކިރިޔާ ކަލްޓްގެ މުށުތެރެއިން އެމްޑީޕީ ސަލާމަތްވުމުގެ ކޮޅުމަތި ފެންނަން ފެށީ. އަދިވެސް ކަލްޓް ފިކުރުގެ މޫ ލައިފައި ހުރި ދިމަދިމާ އެބަހުރި." އޭނަ ވިދާޅުވި އެވެ.
Raajje ge musthagubalah oi varah bodu nurakkaleh cult fikurakee., Adhi kiriyaa cult ge mushu therein @MDPSecretariat salaamai vumuge kolhumathi fennan feshee. Adhi ves cult fikuru moolaafa huri dhima dhimaa eba huri. Cult fikuruge eh amaazakee mob rule. Varah nurakkaatheri kameh
— Ibrahim Shareef (@AdduShareef) April 15, 2023
މަވޯޓާ ވިދާޅުވި ގޮތުގައި އެއްވެސް އިންސާނަކީ އަނެއް އިންސާނަކަށް ވުރެ މާ މަތީ ރޫހާނީ މީހެއް ކަމަށް ގަބޫލުކުރެވި، އެގޮތަށް ބަޔަކު ގަބޫލުކުރާ ނަމަ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތައުއިން ވެސް ފެންނާނެ ކަމަށެވެ.
"އެކަން އަޅުގަނޑުމެން [މިހާރު] ތަހައްމަލު ކުރަމުން މި ދަނީ." އޭނާ ވިދާޅުވި އެވެ.
Evves insaanakah eynayakee insaanakah vuren maa mathee roohaanee meehekkamah gaboolu kurevi egothah gaboolu kuraa bayaku ufedhinunee maa eyge neydhevey asaru mulhi society ah kuraane. Ekan alhugadumen thahammalu kuramun mi dhanee
— Ibrahim Shareef (@AdduShareef) April 15, 2023
ނަޝީދަކީ ރާއްޖޭގެ ކަލްޓް ފިކުރެއް ކަމަށް ކުރިން ވަރަށް ގިނަ ބަޔަކު ގަބޫލުކުރިޔަސް ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ބަލިވެވަޑައިގަތުމުން ނަޝީދުގެ "އަސްލު ސައިޒު" މިހާރު ފެނިއްޖެ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި އެކަމުން ދައްކުވައި ދެނީ ނަޝީދަށް ކުރިން އޮތް ތާއިދާއި ފޯރި އެ ޕާޓީގެ ތެރޭގައި ވެސް މިހާރު ނެތްކަން ގަބޫލުކުރާ މީހުން މިހާރު ބައިވަރެވެ.
ޕްރައިމަރީގެ ނާކާމިޔާބީ އަށް ފަހު ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ ޖުމްހޫރީ ޕާޓީ އަށް ވެރިކަން ހޯއްދަވައި ދެއްވާށެވެ.