މި މަހުގެ ފަހުކޮޅު ބާއްވާ މި އަހަރުގެ ފިލްމުފެއާ އެވޯޑްސް ހަފުލާ މަޝްހޫރު ތަރި ސަލްމާން ޚާން ހޯސްޓްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އޭނަ އަކީ ކުރިން ވެސް ބައެއް އެވޯޑްގައް ހޯސްޓްކޮށްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި އައިފާ ހިމެނެ އެވެ. ސަލްމާނާ އެކީ ފިލްމުފެއާ ހޯސްޓްކޮށް ދިނުމުގައި މަޝްހޫރު ހޯސްޓް މަނީޝް ޕޯލް ވެސް ބައިވެރިވާނެ އެވެ.
THIS IS THE ULTIMATE NIGHT!
Witness the one and only @Salman, host the night of 68th #HyundaiFilmfareAwards2023 with #MaharashtraTourism
Book your tickets now to watch it live on 27th April 2023, at the Jio World Convention Center, Mumbai. pic.twitter.com/J4xwqBqIsL
— Filmfare (@filmfare) April 14, 2023
މި އަހަރު ބާއްވާ 68 ވަނަ ފިލްމުފެއާ އެވޯޑް ހަފުލާ އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގަ އެވެ. މި ހަފުލާގައި މަޝްހޫރު ބައެއް ތަރިން ފޯރިގަދަ ހުށަހެޅުންތަކެއް ވެސް ސްޓޭޖް މަތީގައި ގެނެސްދޭނެ އެވެ. ފިލްމުފެއާ އެވޯޑްސް އަކީ އަބަދު ވެސް ވަރަށް ކުލަގަދަކޮށް ބާއްވާ ހަފުލާއެކެވެ. އަދި މި އެވޯޑް ހަފުލާ ސިފަކުރަނީ އިންޑިއާގެ އޮސްކާ އެވޯޑްސް ހަފުލާގެ ގޮތުގަ އެވެ.
ފިލްމުފެއާ އެވޯޑް ހަފުލާ މި މަހުގެ 27 ގައި ބޭއްވުމަށް ފަހު، މި ހަފުލާގެ ރެކޯޑިން ފަހުން ކަލާސް ޗެނެލުން ގެނެސްދޭނެ އެވެ.