Last Updated: June 12, 22:07
Friday, June 12, 2026
ކުޅިވަރު

"އަލިކެފޭ ސްޓްރީޓް ސޮކާ 2013" މިރޭ ފަށަނީ

މިދިޔަ އަހަރުގެ ސްޓްރީޓް ސޮކަރ މުބާރާތުގައި ހިތަދޫ 'ކޮން" ޓީމު ކުޅެނީ- ފޮޓޯ: ޠޮއްލަމް ގޮންޒާލޭޒް.

ސ. ފޭދޫ ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ “އަލިކެފޭ ސްޓްރީޓް ސޮކަ 2013″ ގެ މުބާރާތް މިރޭ ފަށާނެ އެވެ.

މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ގަމުގެ "ސަވާހިލި" ފިހާރަ ކުރިމަތީގައި އޮންނަ ކޯޓްގަ އެވެ. މުބާރާތް ހުޅުވާ މެޗްގައި ބައްްދަލު ކުރާނީ ފްރެންޑް ކްލަބާއި ޝަންގް ޔުނައިޓެޑް އެވެ.

ޖުމްލަ 16 ޓީމަކުން ވާދަކުރާ މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ފްރެންޑްސް ކްލަބާއި، ޝަންގްރިއްލާ ޔުނައިޓެޑް، ހިތަދޫ ޕޮލިސް ޓީމާއި ގަމުގެ ޕޮލިސް ޓީމެވެ.

ގްރޫޕް ބީގައި ހިމެނެނީ އެމްއެންޑީއެފް އާއި، ފޭދޫ އެފްއާރްޓީ އާއި، ހިތަދޫ ޔަންގް ވަންސްގެ އިތުރުން ހިތަދޫ މަލްޓި ޖީނިއަސް ޓީމެވެ.

ގްރޫޕް ސީގައި ހިމެނެނީ ފޭދޫ މެޖެންޓާ އާއި ފޭދޫ ޔަންގް މެޖެނޓާގެ ޓީމާއި މަރަދޫ ފޭދޫ ޓީމުގެ އިތުރުން ފޭދޫ އެސްއެމްޓީ އެވެ.

ގްރޫޕް ޑީގައި ހިމެނެނީ ހަބޭސް އާއި، ކަޅަ ބެންޗާ އަދި އެފްވައިސީގެ އިތުރުން އެފްސީ ލިޓްލް ޓައުން އެވެ.

މިި މުބާރާތުގެ މެއިން ސޮޕޮންސަރަކީ ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑުން އެތެރެކޮށް މާކެޓް ކުރާ “އަލިކެފޭ” ކޮފީ އެވެ. އޮފިޝަލް އެނާޖީ ޑްރިންކަކީ ޕަވަ ހޯން އެވެ. ކޯ ސްޕޮންސަރުންނަކީ ޔަމަހާ އަދި ޝަންގްރިއްލާ އެވެ. މީޑިއާ ޕާޓްނަރަކީ "އައްޑޫ ލައިވް" އެވެ.

މި މުބާރާތަށް އައްޑޫ ސިޓީ ކައުންސިލުން ވަރަށް ބޮޑު އެހީތެރި ކަމެއް ލިބެމުންދާ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފޭދޫ ސްޕޯޓްސް ކުލަބުން ބުންޏެވެ.