Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ވީއައިއޭގައި ތާރު ވެހިކަލެއްގައި ރޯވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތާރުއަޅަން ބޭނުންކުރާ ވެހިކަލެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މީގެ ކުޑަ އިރުކޮޅެއް ކުރިން އަލިފާން ރޯވީ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫޢު ހިންގާ ޗައިނާ ކުންފުނި ކަމަށްވާ ބީޔޫސީޖީގެ ތާރު ވެހިކަލެއްގަ އެވެ. އަލިފާން ރޯވި އިރު، އެ އޮތީ ކުންފުނިން މަސައްކަތްކުރާ ސައިޓްގަ އެވެ. އެ ސައިޓަކީ ވީއައިއޭގެ އާ ރަންވޭގެ އެއް ފަޅީގައި ހުންނަ ތަނެކެވެ.

ތާރު ވެހިކަލެއްގައި ރޯވި ނަމަވެސް އޭގެ ސަބަބުން ނުރައްކާތެރި ކަމެއް ހިނގައިފައެއް ނުވެ އެވެ. އަދި އެއާޕޯޓުގެ އަލިފާން ނިއްވާ ޓީމުން މިހާރު އަންނަނީ އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް މި ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.