Last Updated: July 26, 17:27
Sunday, July 26, 2026
މުނިފޫހިފިލުވުން

"ކްރިޝް 4" ހަދަން "ޕަތާން" ގެ ޑައިރެކްޓަރަށް

ރިތިކް ރޯޝަންގެ ސުޕަހީރޯ ފިލްމު "ކްރިޝް 4" ޑައިރެކްޓްކުރަން ޖެނުއަރީގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމު ރިތިކް ބައްޕަ ރާކޭޝް ރޯޝަން ޑައިރެކްޓްނުކޮށް، ފަހުގެ ޑައިރެކްޓަރަކު ލައްވަން ހަދަން ނިންމާފައިވާ ކަމަށް ކުރިން ވެސް އަޑުތަކެއް އެރި އެވެ. އެގޮތުން ރިތިކްގެ 2017 ގެ "ގާބިލު" ގެ ޑައިރެކްޓަރު ސަންޖޭ ގުޕްތާ "ކްރިޝް 4" ޑައިރެކްޓްކުރާނެ ކަމަށް ބުނެ ދެކެވުނު ވާހަކަތަކެއް ދޮގުކޮށްފައިވެ އެވެ.

މިދިޔަ ފެބްރުއަރީގައި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮލީވުޑްގެ ޑައިރެކްޓަރަކު ލައްވައި އެ ފިލްމު ހަދުވަން ވެސް ވާހަތަކެއް ދެކެވިފައިވެ އެވެ.

ނަމަވެސް މިހާރު މި ފިލްމާ ގުޅުވައިގައި ދެކެވެނީ މި ޒަމާނަށް ފެތޭ އަދި ޒުވާނުން ގަޔާވާ ކަހަލަ ފިލްމަކަށް "ކްރިޝް 4" ހަދަން ސިދާތާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އޭނަ އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޑައިރެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި އެކެކެވެ. އެކަން "ޕަތާން" އިން ވެސް ސާބިތުކޮށް ދީފައިވެ އެވެ.

ނަމަވެސް "ކްރިޝް 4" ގެ ޓީމުން އެކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ސިދާތު މިހާރު ވެސް އަންނަނީ ރިތިކާ އެކީ ފިލްމެއް ހަދަމުންނެވެ. އެއީ އަންނަ އަހަރުގެ ޖެނުއަރީ 25 އަށް ތާވަލުކޮށްފައި އޮތް އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" އެވެ. ރިތިކް ވަނީ ސިދާތާ އެކީ ކުރިން ވެސް ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 2019 ގެ "ވޯ" އާއި 2011 ގެ "ބޭންގް ބޭންގް" އެވެ.

"ކްރިޝް 4" ގެ ވާހަކަ ދެކެވެމުން އަންނަނީ 2017 އިން ފެށިގެންނެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި ރާކޭޝް އޮތީ ފިލްމުގެ މަސައްކަތް ފެށުން ލަސްކޮށްފަ އެވެ. "ކްރިޝް" އަކޫ އޭނަ ރިތިކާ އެކީ 2003 ގައި ގެނެސްދިން "ކޮއި…މިލް ގަޔާ" ގެ ވާހަކައިން ކުރި ފަޅުވައިގެން ގެނެސްދޭން ފެށި އެއްޗެކެވެ.

އެފޮތުން 2006 ގައި "ކްރިޝް" ގެނެސްދިނުމަށް ފަހު "ކްރިޝް 3" ރިލީޒްކުރީ 2013 ގަ އެވެ. މި ދެ ފިލްމު ވެސް ޑައިރެކްޓްކުރީ ރާކޭޝް އެވެ.