Last Updated: June 20, 11:58
Saturday, June 20, 2026
ރިޕޯޓް

ރޯދަ ރަހަ: ކޯން ވިތު ޗިކެން އެންޑް ޓޮމާޓޯ ސޫޕް

* ބޭނުންވާ ތަކެތި:

1 މޭޒުމަތީ ސަމުސާ ތެޔޮ
200 ގްރާމް ޗިކަން ބްރެސްޓް (ކުދިކޮށްކޮށާފައި)
1 ޓޮމާޓޯ (ކުދިކޮށްކޮށާފައި)
2 މޭޒުމަތީ ސަމުސާ ޕާސްލީ (ކުދިކޮށްކޮށާފައި)
2 މޭޒުމަތީ ސަމުސާ ކޮރިއަންޑާ (ކުދިކޮށްކޮށާފައި)
1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
1 ޖޯޑު ފެން
3 ޖޯޑު ޗިކަން ސްޓޮކް (ހޫނު ފެނުގައި ގިރާފައިވާ)
½ ޖޯޑު ގަނޑުކުރި ގްރީން ޕީޒް (ގަނޑުފިލުވާފައި)
1 ދަޅު ސުވީޓްކޯން (ފުއްތައްވަކިކޮށްފައި ހުންނަ ޒުވާރީ)

* ތައްޔާރު ކުރާނެ ގޮތް:

މެދުގިނީގައި ތާހަކަށް ތެޔޮކޮޅުއަޅައި ހޫނުކުރުމަށް ފަހު އޭގެ ތެރެއަށް ކުކުޅުކޮޅު އަޅައިގެން ފަސް މިނެޓެއްހާ އިރު މީރުކޮށްލާށެވެ. ދެން ކުކުޅުކޮޅުގެ ތެރެއަށް ޓޮމާޓޯ އަޅައި އެއްކޮށްލާނީ އެވެ. ދެން ދެ މިނެޓެއްހާއިރު ކުކުޅު އަދި ޓޮމާޓޯ މީރުކުރުމަށް ފަހު ޕާސްލީ އަދި ކޮރިއަންޑާ ފަތްތައް އަޅައި އެއްކޮށްލާށެވެ.

ހުރިހާ އެއްޗެއް އެއްވުމުން ތާހުގެ ތެރެއަށް ޓޮމާޓޯ ޕޭސްޓް، ފެން، ޗިކަން ސްޓޮކް، ސުވީޓްކޯން އަޅާލައި އަދި ތާހުގެ މަތިޖަހައި ބޮކި އަރަންދެން 10 ވަރަކަށް މިނެޓު ސޫޕްގަނޑު ކައްކާލާނީ އެވެ.