ބައިސްކޯފަށް ގެންނަން ނިންމާފައިވާ ސީރީޒް "ޔާރާ" މި މަހުގެ 24 ގައި ޕްރީމިއާކުރަން ނިންމައިފި އެވެ.
މީގެ ޕްރޮމޯޝަންތަކެއް ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާތާ ދުވަސްކޮޅެއްވެފައިވާ އިރު، ބޮޑު ކާސްޓެއް ފެންނާނެ ސީރީޒްގެ މައިގަނޑު ތަރިންތަކެއްގެ ފަސްޓްލުކް ޕޯސްޓަރުތަކެއް ވަނީ އެ މީހުންގެ ކެރެކްޓާތަކަށް ކިޔާ ނަންތަކާ އެކީ އާންމުކޮށްފަ އެވެ.
"ޔާރާ" އަކީ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ، ޑައިރެކްޓްކޮށް މުހިއްމު ރޯލެއް ވެސް ކުޅެފައިވާ އެއްޗެކެވެ. މި ސީރިޒް ހަދާފައި ވަނީ އޭނަ މުގުލުގައި ހުރެގެން ބައިސްކޯފަށް ގެނެސްދިން މަގުބޫލު ސީރީޒް "އެހެނަސް" ގެ ސްކްރީން ރައިޓަރު އަހުމަދު އިގްބާލް (އައިކިއު) ގެ ސްކްރީންޕްލޭއަކަށެވެ.
ނަމަވެސް "އެހެނަސް" އާ ހިލާފަށް "ޔާރާ" އަކީ ލައިޓްހާޓެޑް އެއްޗެކެވެ. މީގައި ތަފާތު މީސްމީހުންގެ ރިލޭޝަންޝިޕްތަކެއް، ދައްކުވައި ދޭނެ އެވެ.
"ޔާރާ" ގެ ކާސްޓަށް ބަލާ އިރު، ރިޝްމީގެ ކުރީގެ ފިރިމީހާ އަހުމަދު އަޒްމީލު (އަޒޭ) އާއި ރިޝްމީގެ ކޮއްކޮ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އާއި އައްޒަގެ މިހާރުގެ ފިރިމީހާ އަބްދުﷲ މުއާޒް (މުއާ) އާއި އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއީލް ޖުމައިހް (ޖުމާ) ގެ އިތުރުން ރިޝްމީ އާއި އައްޒަގެ މަންމަ އައިޝަތު ރަޝީދާގެ އިތުރުން، އައިމިނަތު ރިޝްފާ، ނުޒުހަތު ޝުއައިބު (ނުޒޫ)، އަހުމަދު އާސިމް، ޝަރާ އާދަމް (ޝަރާ)، މަރިޔަމް ވަހީދާ (ޔަމް)، އާމިނަތު ޝަހާ އަދުނާން، އާމިނަތު ސިލްނާ، އަހްމަދު އިޝާރް، އަބްދުﷲ ޝަރަފް، ޝާއިފް ޝާއިރު، އައިޝަތު ގުލްފާ (ގުލް)، ހުސައިން ޝާދިޔާން (ސޭންޑީ)، މަރިޔަމް ހަލީމް، ނަތާޝާ ޖަލީލު، މަލީހާ ވަހީދުގެ އިތުރުން މުހައްމަދު ވިޝާލް (ރޯމަން) ހިމެނެ އެވެ.
From love, laughter & loyalty to heartaches & heartbreaks — the team behind #Ehenas is bringing you #YAARAA
Coming soon…@Rishmyyr @IQiqbalE @Ravee_Farooq pic.twitter.com/VaV6JHEB9J
— Baiskoafu (@baiskoafu) February 2, 2022
ބޮޑު ސީރީޒެއް ޑައިރެކްޓްކޮށް ގެނެސްދޭން ތައްޔާރުވެފައިވާ އިރު، އޭނަ އަކީ 2017 ގެ ފިލްމު "ބޮސް" ގެ ޑައިރެކްޓަރު ވެސް މެ އެވެ.