Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ރާއްޖެ އައި ފަތުރުވެރިން އަދަަދު 6 ލައްކަ އިން މައްޗަށް

ވާދެމުމުގެ މުބާރާތުގައި ފަތުރުވެރިން ބައިވެރިވެފައި: ފޮޓޯ - އޭއޯ ނިއުސް

ރާއްޖެ މިހާތަނަށް ޒިޔާރަތްކުރި ފަތުވެރިން އަދަދު 6 ލައްކައިން މައްޗަށް އަރާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހު ނިޔަލަށް ރާއްޖެއަށް 606،395 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރު މިމުއްދަތާއި އަޅާބަލާއިރު 19.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު މިމަހުގެ މިހާތަނަށް 82،467 މީހުން ރާއްޖެ ވަނީ އައިސްފައެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހަށް ބަލާއިރު ކޮންމެ މަހަކުވެސް 170،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި މިހާތަނަށް މިއަހަރު އައިއިރު ޑެއިލީ އެވެރެޖް ހުރީ 5500 އިން މަތީގައެވެ. މިމަހުގެ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެއީ 7359 ފަތުރުވެރިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅު ވެފައިވާއިރު، މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން 73،578 ފަތުރުވެރިން އައިސްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާއިން އައިސްފައިވަނީ 64،250 ފަތުރުވެރިންނެވެ. އިންޑިއާ އަކީ މިދިޔަ އަހަރު އެންވަނަ މާކެޓް ނަމަވެސް މިއަހަރު މިހާތަނަށް ރަޝިއާ މާކެޓުގެ މައްޗަށް ކުރި ހޯދިފައެވެ ނުވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނައިރު އެންމެ ބޮޑު އާމްދަނީއެއް ރާއްޖެއަށް ލިބެނީ ފަތުރުވެރިކަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.