Last Updated: June 20, 11:01
Saturday, June 20, 2026
ރިޕޯޓް

ރޯދަ ރަހަ: ލެމަން ޗިކެން

* ބޭނުންވާ ތަކެތި:

½ ޖޯޑު ފުށް
½ ސައިސަމުސާ ލުނބޯތޮށި (ގާނާފައި، ލުނބޮލުގެ ބާކީ ބައި ފޮތިކޮށް ކޮށާފައި)
ލޮނު
2 ލުނބޯ (އެއް ލުނބޯގެ ހުތް)
1 މޭޒުމަތި ސަމުސާ މާމުއި
3 ޗިކަން ބްރެސްޓް (ކޮންމެ އެތިކޮޅެއް ދެފަޅިކޮށްފައި)
2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
½ ޖޯޑު ޗިކަން ސްޓޮކް (ހޫނުފެނުގައި ގިރާފައި)
2 މޭޒުމަތީ ސަމުސާ ބަޓަރު
2 ލޮނުމެދު (ޗިސްކޮށްފައި)

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ އަވަން 200 ޑިގްރީ އަށް ހޫނުކުރަން ޖައްސައިލާށެވެ. ދެން ބޯތައްޓެއްގައި ފުށް، ލުނބޯ ތޮށި، ލުނބޯ ހުތް، ލޮނު އަދި އަސޭމިރުސް އެއްކޮށްލާށެވެ. އަދި ޗިކަން ބްރެސްޓްތައް ކޮންމެ ފޮއްޗެއް ދެ ފަޅިކޮށްލުމަށް ފަހު ފުށް އަޅާފައިވާ ތައްޓަށް އަޅައި އެއްކޮށްލާށެވެ.

އުދުން މައްޗަށް މެދު ގިނީގައި ތަހެއް އުދައި، ތެޔޮފޮދު ހޫނުކޮށްލާށެވެ. ދެން ޗިކަން ބްރެސްޓްތައް ތާހުގެ ތެރެއަށްލައި ފިހާށެވެ. ކޮންމެ ފުށެއް މެދުގިނީގައި 10 ވަރަކަށް މިނެޓު ފިހެލަން ވާނެ އެވެ. ކުކުޅުތައް ރޯފިލުމުން ތާސްތެރެއަށް ޗިކަން ސްޓޮކް، ބަޓަރު، ލޮނުމެދު، ފޮތިކޮށްފައި ހުރި ލުނބޯ އަދި މާމުއިކޮޅު އާޅައި އަވަނުގައި 15 މިނެޓު ކައްކާލުމުން ތައްޔާރު ކުރެވުނީ އެވެ.