ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނަން ކުރަން އެންމެ ބޭނުންވި އެއް ކަންތައް ހާސިލުކޮށް ބަކެޓް ލިސްޓްގައި ޓިކެއް ޖަހާލައިފި އެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޒުވާން ބަތަލާގެ މި ހާސިލުކުރުމަކީ ސްކައިޑައިވް ކުރުމެވެ. މިކަން އޭނަ ކުރީ ދުބާއީގަ އެވެ. އޭގެ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށް ސްކައިޑައިވް ކުރެވުމުން ވަރަށް އުފަލުން ހުރި ކަމަށް ބުނެފައިވެ އެވެ. އަދި ފުރަތަމަ ފަހަރަށް މި ކުރި ތަޖުރިބާ ވަރަށް ހިތްގައިމު ކަމަށް ވެސް ބުންޏެވެ.
ކްރިތީ، 32، އަކީ މިހާރު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެކެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ފެބްރުއަރީގައި ރިލީޒްކުރި "ޝެހެޒާދާ" އެވެ.
ކްރިތީގެ އިތުރު ތިން ފިލްމެއް މި އަހަރަށް އަދި އެބައޮތެވެ. އެއީ ޕްރަބާސްއާ އެކީ ކުޅެފައިވާ ހުރާފީ ފިލްމު "އާދިޕުރުޝް" އާއި ޓައިގާ ޝްރޮފާ އެކީ ކުޅެފައިވާ އެކްޝަން ތުރިލާ "ގަނަޕަތު: ޕާޓް 1" ގެ އިތުރުން ޝާހިދު ކަޕޫރާ އެކީ ކުޅެފައިވާ އަދި ނަން އިއުލާން ނުކުރާ ލޯބީގެ ފިލްމެކެވެ.