އާބަންކޯ އިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމަކީ އައު ހުނަރުތައް ތަރައްގީކުރުމާއި، ވަކި މަސައްކަތުގެ ދާއިރާތަކުން ޚާއްސަވުމަށް އެދޭ ފަރާތްތަކަށް ތައުލީމުގެ އިތުރަށް މަސައްކަތު މާހައުލުން ތަމްރީން ހޯދައި ދިނުމުގެ އަމާޒުގައި، އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މި ދާއިރާތަކުން ތައުލީމުގެ އިތުރަށް ވަޒީފާގެ ތަޖުރިބާވެސް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެ އެވެ. އަދި ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެ މުއްދަތުގެ ތެރޭގައި ޚާއްސަ އެލަވަންސެއްގެ ގޮތުން ކޮންމެ ބައިވެރިއަކަށް 6،000ރ. ލިބޭނެ އެވެ.
Urbanco Apprenticeship program 2023 is now open for applications: https://t.co/li4Q3eeh3B
We are opening up for 100 slots across 12 fields with on the job experience, tailored to provide you with a versatile set of professional skills #WithUrbanco. pic.twitter.com/3PJ4tEXKYg
— Urbanco (@hdcmaldives) April 16, 2023
ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި އިރު، އާންމުނަށް 82 ޖާގަ ވަނީ ހާއްސަކޮށްފަ އެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ފަންނީ ޤާބިލީއްޔަތު އިތުރުކުރުމަށް 18 ޖާގަ މުވައްޒަފުންނަށް ވަނީ ހާއްސަކޮށްފަ އެވެ. އެގޮތުން ހަ ދާއިރާއަކުން މީހުން ތަމްރީނު ކުރުމަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާ ދާއިރާތައް:
* ފިޝަރީޒް އެންޑް އެގްރިކަލްޗާ
* ސޯޝަލް ސެކްޓާ
* އައިސީޓީ
* ޓްރާންސްޕޯޓް ސެކްޓާ
* ޓުއަރިޒަމް ސެކްޓާ
* ކޮންސްޓްރަކްޝަން ސެކްޓަ
މި ހަ ދާއިރާގެ ދަށުން، ތަފާތު އެކި ޓެކްނިކަލް މަސައްކަތްތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނިފައި ވާނެ އެވެ. އޭގެ ތެރޭގައި ޖުމްލަ 12 މަސައްކަތް ހިމެނޭއެވެ. އެއީ ދަނޑުވެރިކަމާއި، ކޮމްޕިއުޓަރ ހާޑްވެއާ، ހެވީ ވެހިކަލް އޮޕަރޭޝަންސް، އަދި ވެލްޑިން އާއި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒިން ފަދަ އާންމުކޮށް ދިވެހިން ނުފެންނަ މަސައްކަތްތަކުން ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ މީހުންމަށް އަންނަ މަހުގެ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
ޖޫން މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް އެފްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ބައިވެރިންނަށް ސެޓްފިކެޓު ލިބުމާ އެކީ، ހޮވޭ ފަރާތްތަކަށް އާބަންކޯގައި މަސައްކަތްކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ،