ނޮވެލްޓީ ޕްރިންޓާޒް އެންޑް ޕަބްލިޝާޒް އިން ޗާޕްކޮށްފައިވާ "ދުށްތަނާ އިވުނު އަޑުގެ ހަނދާން ހުރި ބައި 1" މިއަދު ބާޒާރަށް ނެރެފި އެވެ.
ނޮވެލްޓީ ގްރޫޕުން ބުނީ 704 ސޮފްހާގެ މި ފޮތް ނޮވެލްޓީގެ ފިހާރަތަކުން މިއަދު ގަންނަން ލިބޭނެ ކަމަށެވެ. މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ހާއްސަ ފެއާއެއްގައި "ދުށްތަނާ އިވުނު އަޑުގެ ހަނދާން ހުރި ބައި 1" ވިއްކާނީ 200ރ. އަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ފޮތް ގަންނަން ލިބޭނީ 400ރ. އަށް ކަމަށް ވެސް ނޮވެލްޓީން ބުންޏެވެ.
ނޮވެލްޓީ ގްރޫޕުން ބުނީ "ދުށްތަނާ އިވުނު އަޑުގެ ހަނދާން ހުރި ބައި 1" ނޮވެލްޓީގެ ވެބްސައިޓުން ވެސް ކިޔެން ހުންނާނެ ކަަމަށެވެ.