ކޮވިޑް ކޭސްތައް އިތުރުވެ 28 މީހަކު ހޮސްޕިޓަލުގައި އެޑެމިޓް ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް 9 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑްގެ 148 ކޭސް ފެނިފައިވެއެވެ. އޭގެތެރެއިން 100 ކޭސްއަކީ މާލެއިން ފެނިފައިވާ ކޭސްތަކެވެ.
މިއީ މިފަހުން ކޮވިޑްގެ ކޭސްތައް މިހާ ބޮޑުތަނުން އިތުރުވި ފަހަރެވެ. އެންމެ ފަހުން ކޮވިޑްގެ ކޭސްތައް 140 އަށް ވުރެއް މައްޗަށް އަރާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ކޮވިޑް ކޭސްތައް 100 އިން މައްޗަށް އަރާފައެއްވެސް ނުވެއެވެ.
✴️Weekly COVID-19 Cases pic.twitter.com/BX3lQtoE2Y
— Health Protection Agency (@HPA_MV) April 17, 2023
އެޗްޕީއޭއިން މައުލޫމާތު ދީފައިވާގޮތުގައި އޭޕްރިލް 9 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް ޖެހިފައިތިބި 28 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް 186،042 މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު، މިބަލީގައި 311 މީހުން މަރުވެފައިވެއެވެ.