ކ. ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގައި ސޮއި ކޮށްފިއެވެ.
ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓްރީން ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.
އެ ޕްރޮޖެކްޓް ހަވާލު ކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 36.1 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 70 މީޓަރުގެ 6 ބޮޑުހިލައިގެ ބްރޭކްވޯޓަރ، 50 މީޓަރުގެ ދެ ބޮޑުހިލައިގެ ވައި-ގްރޮއިން، 170 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޤާއިމްކުރުމާއި އަދި އެސަރަޙައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެއެވެ.
މި މަޝްރޫއުތަކުގެ ދަށުން ތުލުސްދޫގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މައުލޫމާތުދެއެވެ.