Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

ބަތަލާ އިލިއާނާ އަށް ކުއްޖަކު ލިބެނީ

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފްގެ ހަމައެކަނި ފިރިހެން ކޮއްކޮ ސެބެސްޓިއަން ލޯރެންޓްއާ ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ އިންޑިއާގެ ބަތަލާ އިލިއާނާ ޑި ކްރޫޒް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.

ތުއްތު ކުއްޖެއްގެ ހެދުމަކާއި "މަމާ" ޖަހާފައި އޮތް ފުލެއް އިތް ފަށެއްގެ ފޮޓޯތަކަކާ އެކީ 36 އަހަރުގެ ބަތަލާ ބުނީ ދަރިފުޅާ ބައްދަލުކުރަން ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި "ވަރަށް އަވަހަށް" ވިހާނެކަމުގެ އިޝާރާތެއް ވެސް ދީފައިވެ އެވެ.

އިލިއާނާގެ މި ޕޯސްޓާ އެކީ ކުއްޖާގެ ބައްޕައަކީ ކާކުތޯ އާއި ކައިވެނިކުރަނީ ކޮން އިރަކުންތޯ އަހައި ބައެއް މީހުން ޕޯސްޓަށް ކޮމެންޓްކޮށްފައިވެ އެވެ.

ސެބަސްޓިއަންއާ އިލިއާނާ ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާތަކުގައި މިދިޔަ އަހަރުން ފެށިގެން ދެކެވުނު ނަމަވެސް "މޭ ތޭރާ ހީރޯ" އާއި "ބަރުފީ" އާއި "ބާދުޝާހޯ" އަދި "ރެއިޑް" ފަދަ ފިލްމުތައް ކުޅުނު ބަތަލާ އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އެކަމަކު މިދިޔަ އަހަރު ކެޓްރީނާގެ 39 ވަނަ އުފަން ދުވަސް ފާހަގަކުރަން ގާތް މީހުންގެ ބޮޑު ޓީމެއް ގޮވައިގެން ޖުލައި މަހުގެ ތެރޭގައި ރާއްޖެ އަށް ދަތުރުކުރި އިރު، އެ ދަތުރުގައި އިިލިއާނާ އާއި ސެބަސްޓިއަން ވެސް ބައިވެރިވި އެވެ.

އެ ދެ މީހުންގެ ގުޅުމުގެ ވާހަކަ ދެކެވެން ފެށުމުގެ ކުރިން އިލިއާނާ ރައްޓެހިވެގެން އުޅުނީ އެންޑްރޫ ނީބޯން ކިޔާ އޮސްޓްރޭލިއާގެ ފޮޓޯގްރާފަރަކާ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު، އެ މީހުން ރުޅިވީ 2019 ގަ އެވެ.