Last Updated: June 20, 11:01
Saturday, June 20, 2026
ޚަބަރު

ސިނަމާލެ ބްރިޖް ހައިވޭގައި އެކްސިޑެންޓެއް

ސިނަމާލެ ބްރިޖް ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ކާރެއް އެކްސިޑެންޓެއްވެއްޖެ އެވެ.

މީގެ ގަޑިއެއްހާ އިރު ކުރިން މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވި ކާރު ކޮންޓްރޯލް ނުވެ، ހައިވޭގެ އަރިމަތީގެ ފެންސްގައި ޖެހިފަ އެވެ. މި ހާދިސާގައި ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.

މި ރޯދަ މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެގޮތުން ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ފިރިހެނަކު މަރު ވެސް ވެފައިވެ އެވެ.