އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި އެޕަލްގެ ސީއީއޯ ޓިމް ކުކް މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓާ ވެސް ބައްދަލުކޮށް، އެކީގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކުރައްވައިފި އެވެ.
އެ ފޮޓޯގައި ފެންނަނީ މުމްބާއީގެ ރެސްޓޯރަންޓެއްގައި މަދޫރީއާ އެކީ އިންޑިއާގެ މަގުބޫލު ހެދިކާއެއް ކަމަށްވާ ވަޅަ ޕާއޯއައަކަށް އިންސާފުކުރާ ތަނެވެ. އަދި އެ ވަރަށް މީރު ކަމަށް ވިދާޅުވެ މަދޫރީ އަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.
Thanks @madhuridixit for introducing me to my very first Vada Pav — it was delicious! https://t.co/Th40jqAEGa
— Tim Cook (@tim_cook) April 17, 2023
ޓިމްގެ މި ދަތުރަކީ އެޕަލް އިން އިންޑިއާގައި ހުޅުވާ ފުރަތަމަ ރީޓެއިލް ފިހާރަ ހުޅުވަން ކުރައްވާ ދަތުރެކެވެ. އެތަން މިއަދު ހުޅުވާނެ އެވެ.
ޓިމްގެ އިންޑިއާގެ މި ދަތުރުގެ ތެރެއިން މަދޫރީގެ އިތުރުން އިންޑިއާގެ ބައެއް އެހެން ސެލްބްރިޓީންނާ ވެސް ބައްދަލުކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ބަތަލާ ރަވީނާ ޓަންޑަނާއި މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހުމާން ހިމެނެ އެވެ.