އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި ހިންގާ ޗެޓްޖީޕީޓީ ފޯރި އާއި އޭގެ ނުތަނަސްވަކަން އިތުރުވެފައި ވަނިކޮށް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް ވެސް އެފަދަ ޕްލެޓްފޯމެއް ލޯންޗް ކުރާނެކަން އިއުލާން ކުރައްވައިފި އެވެ.
ޓްވިޓާގެ ވެރިޔާ ވެރިޔާ ވިދާޅުވީ އޭނަގެ ޕްލެޓްފޯމެއް ކިޔާނީ "ޓުރުތު ޖީޕީޓީ" ކަމަށެވެ. އަދި މިއީ މައިކްރޮސޮފްޓާއި ގޫގުލްގެ ޗެޓްޕިޓީއާ ހިލާފަށް ސައްހަކަން މާ ބޮޑަށް ކަށަވަރުކޮށް ދޭނެ އެއްޗެއް ކަމަށް ވިދާޅުވި އެވެ. އީލޮން ވިދާޅުވި ގޮތުގައި މައިކްރޮސޮފްޓާއި ގޫގުލް އިން މިހާރު ހިންގަނީ އޭއައިގެ ނަހަމަ ބޭނުމެވެ.
އަދި އޭގެ ސަބަބުން ފެތުރޭނީ "ދޮގު" ކަމަށާއި އެ ކުންފުނިތަކުން އޭއައިގެ ރައްކާތެރިކަން ސީރިއަސްކޮށް ނުނަގާ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ އަހަރެން ލޯންޗްކުރަން ޓުރުތުޖީޕީޓީ،" ފޮކްސް ނިއުސް އަށް އީލޮން ވިދާޅުވި އެވެ. "މިއީ އޭއައި އޭގެ ބޭނުން އެންމެ މަތީ ލެވެލްގައި ބޭނުން ކުރާނެ ވަރަށް ސައްހަ އެއްޗަކަށް ވާނެ."
މީޑިއާތަކުން ބުނި ގޮތުގައި މިކަމަށް އޭނަ ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ ތެރޭގައި ވަނީ އެކްސް.އޭއައި ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް ވެސް ރަޖިސްޓްރީކޮށްފަ އެވެ.