Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ގޮވާމުން ފިތުރު ޒަކާތް މިއަދު ބަހަނީ

މާލެ ސަރަޙައްދުގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަން މިއަދު ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފި އެވެ.

އެކަން ކުރިއަށް ދާނޫ މަޖީދިއްޔާ ސްކޫލްގެ ސަލާހުއްދީން ހޯލްގަ އެވެ.

ގޮވާމުގެ ބާވަތުން ފިޠުރު ޒަކާތް ބެހުން، މާދަމާ އާއި ބުރާސްފަތި ދުވަހުވެސް އޮންނާނެ އެވެ. އެގޮތުން ބުދަ ދުވަހު މެންދުރު 1:00 އިން 3:15 އަށް، ހަވީރު 4:00 އިން 5:30 އަދި ރޭގަނޑު 9:00 ން 10:30 އަށް ކުރިއަށް ދާނެ އެވެ. ބުރާސްފަތި ދުވަހު ގޮވާމުން ޒަކާތް ބެހުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10:00 އިން ހަވީރު 5:30 އަށް އަދި ރޭގަނޑު 8:00-10:00 އަށެވެ.

އެހެންވެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުން، ކަނޑައަޅާޅިފައިވާ ގަޑިތަކުގައި ގޮވާމުގެ ޒަކާތް ބަލައިގަތުމަށް ދިއުމަށް އިސްލާމިކް މިނިސްޓްރީއިން އެދިފައިވެ އެވެ.

ގޮވާމުން ޒަކާތް ބަހަން މިއަދު ފެށި ނަމަވެސް ބުރާސްފައްޗާ ހަމައަށް ގޮވާމުން ޒަކާތް ބަލައިގަންނާނެ އެވެ. ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައި ގަންނަނީ ހހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، އަށް މެންދުރުފަހު 1:00 އިން 3:15 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށެވެ.

ރަށްރަށުގައި ގޮވާމުން ޒަކާތް ބަލައިގަތުން ކުރިއަށްގެންދާނީ އެ ރަށެއްގެ ކައުންސިލުން ހަމަޖައްސާ އުޞޫލަކުން، ހަމަޖައްސާ ތަނެއްގަ އެވެ.