ބޮލީވުޑްގެ ކުރީގެ ބަތަލާ ސަނާ ޚާން ހަފުލާއެއްގެ ތެރެއިން "ގަދަކަމުން ދަމަމުން" ގެންދާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، ފާޑުކިޔުންތަކެއް ވެސް އަމާޒުވެއްޖެ އެވެ.
އިއްޔެ ސޯޝަލް މީޑިއާގައި ވައިރަވަލްވި މި ވީޑިއޯގައި ފެންނަނީ ފިލްމީ ދާއިރާގެ ގިނަ ބަޔަކަށް ދައުވަތު ދީގެން އަބަދު ވެސް ވަރަށް ކުލަގަދަކޮށް ރޯދަ ވީއްލުން އިންތިޒާމުކުރާ ބާބާ ސިއްދީގީ ބޭއްވި އިފުތާރު ޕާޓީގެ ތެތެއިން ސަނާގެ އަތުގައި ހިފައިގެން އޭނަގެ ފިރިމީހާ މުފްތީ އަނަސް ސައްޔިދު ދާ މަންޒަރެވެ.
View this post on Instagram
ވައިރަލްބަޔާނީ ހިއްސާކުރި ވީޑިއޯ އިން ފެންނަ ގޮތުގައި "ދަމުމުން ގެންދާތީ" އަލަތު ދަރިފުޅަށް ބަލިވެއިން ސަނާ އުނދަގޫވެގެން އުޅޭ ކަހަލަ ގޮތަކަށް އޭނަ މޫނުމަތީގެ ކުލަވަރު ދައްކަ އެވެ. މީ ވީޑިއޯ އާންމުވުމުން މާބަނޑު އަނބީމީހާ "ދަމަމުން އަނިޔާވެރިކޮށް" ގެންދާ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ސަނާގެ ފިރިމީހާ އަށް ފާޑު ކިޔާފައިވެ އެވެ.
މިކަމާ ގުޅިގެން އެ ވީޑިއޯ ފެންނަ މަންޒަރުގެ ހަގީގަތް ސާފުކޮށްދީ، ސަނާ އަށް އެއަށް ކޮމެންޓްކޮށްފައިވެ އެވެ. އޭގައި އޭނަ ބުނީ ވީޑިއޯ އިން ފެންނަ ގޮތުގައި އޭނަ ދަމަމުން ގެންދާ ކަމަށް ހީވިޔަސް ހަގީގަތަކީ އެއީ ނޫން ކަމަށެވެ. ސަނާ ބުނީ އެ މީހުން އިފުތާރު ޕާޓީ އަށް ފަހު ދާން ނިކުތް އިރު ކާރު ވެސް ނެތް ކަމަށާއި ޑްރައިވަރާ ވެސް ނުގުޅިގެން ބޭރުގައި ވަރަށް ގިނައިރު ދާހިތްލައިގެން ކޮއްޅަށް ހުންނަން ޖެހުނު ކަމަށެވެ.

"އެހެންވެ އެކަމާ އުނދަގޫވެެން އުޅެން ފެށުމުން ފިރިމީހާ އަހަރެން އެތެރެއަށް ގެންދާ ތަން އެ ފެންނަނީ. އަދި އެހާ ބާރަށް ދިޔައީ ވެސް އަހަރެން ބުނެގެން." ސަނާ ބުންޏެވެ.