Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ކުމުންދޫ ބަނދަރު މަސައްކަތް އެމްޓީސީސީއަށް

ހދ. ކުމުންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި ޕޮރޮޖެކްޓް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 570 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 71.3 މިލިއަން ރުފިޔާއަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ރަށުގެ އިރުމަތީ ފަރާތުގައި މިހާރުހުރި 154 މީޓަރު ވާޓަރު މަރާމާތުކުރުމާއި 154 މީޓަރު ޕޭވްމަންޓް މަރާމާތުކުރުމާއި ކޮޅުވެއްޓި ބޭނުންކުރުމަށް ރޭމްޕެއް ގާއިމުކުރުމާއި 100 ފޫޓު ޓީޖެޓީއެއް ގާއިމުކުރުމާއި އުތުރުފަރާތައް 700 ފޫޓަށް ވާޓަރު އިތުރުކޮށް ބަނދަރު ބޮޑުކުރުމާއި 290 މީޓަރު ބޮޑުހިލަ ބޭރުތޮށިލުމާއި 40 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް، 60 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން، ބަނދަރު މަގު ބައްތި ހަރުކުމާއި 120 މީޓަރު ކޮންކްރީޓް ޖެޓީ ޤާއިމް ކުރުން ހިމެނެއެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.