ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލަށް ދެ ފޮގް މެޝިން ހަދިޔާކޮށްފި އެވެ.
އެޗްޕީއެލްގެ ފަރާތުން ދެ ފޮގް މެޝިން ހަދިޔާކޮށްފައި ވަނީ، އެކު ންފުނީގެ ސީއެސްއާރުގެ ތެރެއިންނެވެ. އެގޮތުން ހަދިޔާކުރި ފޮގް މެޝިންތަކާ ހަވާލުވެފައި ވަނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ. އެޗްޕީއެލްގެ ފަރާތުން ފޮގް މެޝިން ހަވާލުކޮށްދެވީ އެޗްޕީއެލްގެ މެނޭޖަރު އިބްރާހިމް ރަޝީދެވެ.
ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ސީ.އެސް.އާރުގެ ދަށުން އައްޑޫސިޓީ ކައުންސިލްއަށް ހަދިޔާ ކުރި 2 ފޮގް މެޝިން ހަވާލުކުރުމުގެ ތެރެއިން. މިފުރުސަތުގައި އެޗް.ޕީ.އެލްގެ ފަރާތުން އައްޑޫސިޓީ ކައުންސިލްއަށް ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކޮށް 1/2 pic.twitter.com/q2JgGJXzKb
— Addu City Council (@AdduCityCouncil) April 18, 2023
މި ފޮގް މެޝިންތަކާ ހަވާލުވުވުމުގައި އައްޑޫ ސިޓީ ކައުންސިލުގެ ބައެއް ކައުންސިލަރުންނާއި އަދި އެޗްޕީއެލްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އަދި ހަވާލު ކުރި މެޝިންތައް ވަނީ ޓެސްޓު ވެސް ކޮށްފައެވެ. އައްޑޫ ކައުންސިލުން ވަނީ އެޗްޕީއެލް އިން ދެއްވަމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.
ކައުންސިލާ ދެ ފޮގް މެޝިން ހަވާޅުކޮށްފައި މިވަނީ އައްޑޫގައި މަދިރި ގިނަވެ، މަދިރީގެ ޒަރީއްޔާން ޖެހޭ ޑެންގީ ހުމުގެ ކޭސްތަކެއް އިތުރުވެފައިވާ ދުވަސްވަރެއްގައެވެ. މިއާއެކު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ ކައުންސިލް ގުޅިގެން އައްޑޫގެ އަވަށްތައް ފޮގް ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.