ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ފަހު ތަރީހަކީ މިއަދެވެ.
ފިތުރު ޒަކާތް ދެއްކުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލާފައިވަނީ 23 މާޗުން ފެށިގެން 18 އެޕްރީލްއާ ހަމައަށެވެ.
މިއަދުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު ބަނދުވާ އިރު އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ފަސޭހަކަމާ އެކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ދައްކާލެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން އުރީދޫ އެޕް މެދުވެރިކޮށް މި ޒަކާތް ދައްކާލެވޭނެއެވެ.
އެގޮތުން އެޕުން އެމްފައިސާ އެކައުންޓަށް ލޮގިން ވެލުމަށް ފަހު، ޕޭ ޒަކާތް ބެނާއަށް ފިތާލީމަށް ޒަކާތް ދެއްކުމާއި ކުރިއަށް ދެވޭނެއެވެ. އޭގެ ފަހުން ޒަކާތް ދެއްކުމަށް ބޭނުންވާ އަދަދާއި ބާވަތް ޙިޔާރުކޮށް، ޒަކާތް ދައްކަން ބޭނުން ފަރާތުގެ މައުލޫމާތު ފުރާލާނީއެވެ. އޭގެ ފައިސާ ދެއްކުމަށް އެމްފައިސާ ޙިޔާރުކޮށް ވޮލެޓް ނަމްބަރު ޖަހާލައިގެން، އޯޓީޕީ ލިބުމުން، އޯޓީޕީ ޖެހުމުން އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކިކަމަށް ރަސީދު ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
Pay Fitr Zakat via #mFaisaa from the comfort and safety of your home.
1️⃣ Log into m-Faisaa via https://t.co/gTfJxQDDvC
2️⃣ Select Zakat type & amount
3️⃣ Enter your details
4️⃣ Choose m-Faisaa as payment method & enter wallet number
5️⃣ Verify OTP to confirm paymentIt’s as easy… pic.twitter.com/g66i7PGBSR
— Ooredoo Maldives (@OoredooMaldives) April 16, 2023
ރާއްޖެއިން ފިޠުރު ޒަކާތް ބަލައިގަންނަ ބާވަތްތަކާއި އަގުތައް
* އާދައިގެ ހަނޑޫ- 12 ރުފިޔާ
* ތައިލެންޑް ހުދު ހަނޑޫ- 84 ރުފިޔާ
* ރަތް ހަނޑޫ- 99 ރުފިޔާ
* ބާސްމަތީ ހަނޑޫ (އާދައިގެ) – 84 ރުފިޔާ
* ބާސްމަތީ ހަނޑޫ (މޮޅު) -100 ރުފިޔާ
* ބާސްމަތީ ހަނޑޫ (އެންމެ މޮޅު) -125 ރުފިޔާ
* އާދައިގެ ފުށް – 12 ރުފިޔާ
* އާޓާ ފުށް – 75 ރުފިޔާ
އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަ ވަގުތު މިއަދުގެ ނިޔަލަށް ހަމަޖައްސާފައިވާއިރު ޒަކާތް ދެކުމަށް ކޮންމެހެން ނުގޮސް ގޭގައި ހުރެގެން ޒަކާތް ދެއްކޭނެ ގޮތްތައް ވަނީ އިއުލާންކޮށްފައެވެ.