Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ހުޅުމާލޭގައި ބޮޑު ޖަމާއަތް ދެ ދިމާލެއްގައި

ފިތުރު ޢީދު ޖަމާޢަތް ހުޅުމާލެ (2018) / ފޮޓޯ: އެޗްޑީސީ

މިއަހަރު ފިތުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ހުޅުމާލެ ދެ ފިޔަވަހީގައިވެސް ވަކިން އޮންނާނެ ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.

އާބަންކޯއިން މިކަން ހާމަކޮށް ބުނީ، ފޭސް އެކެއްގައި ޢީދުގެ ބޮޑު ޖަމާޢަތް އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ކަމަށެވެ. އަދި އާންމުންނަށް ފަސޭހައިން ވަދެ ނިކުމެ ހެދޭ ގޮތަށް އަންހެނުންނާއި ފިރިހެނުންނަށް ވަކިން ދެ ދިމާލަކުން ވަދެވޭނެ އިންތިޒާމު ހަމަޖައްސާފައި ވާނެ ކަމަށް އާބަންކޯއިން ބުނެއެވެ. މީގެ އިތުރުން ބައިބޯވުން މަދު ކުރުމަށް ސައިކަލް ޕާކް ކުރުމަށް ސެންޓްރަލް ޕާކް ސަރަހައްދު ކަނޑައަޅާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ހުޅުމާލޭ ދެ ފިޔަވަހީގައިވެސް ވަކަވަކިން ފިތުރު ޢީދުގެ ބޮޑު ޖަމާޢަތް ކުރިއަށްދާނެެއެވެ. އެގޮތުން ދެވަނަ ފިޔަވަހީގައި ޢީދުގެ ބޮޑު ޖަމާޢަތް އޮންނާނީ، ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައެވެ. އެ ސަރަހައްދުންވެސް އަންހެނުންނާއި ފިރިހެނުން ވަނުމަށް ދެ ދިމާލަކުން އިންތިޒާމަކުން ހަމަޖެހިފައި ހުންނާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯގެ ފަރާތުން ވަނީ މި ދެ ސަރަހައްދުގައި ނަމާދަށް އަންނަ ފަރާތްތަކަށް ވުޟޫ ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަން ފާހަގަކޮށްފައެވެ. މިއަހަރު ފިތުރު ޢީދު ދުވަސް ކަނޑައެޅުމަށް ރާއްޖޭގައި ބުރާސްފަތި ދުވަހުގެ ރޭ ހަނދު ސާބިތު ކުރާނެއެވެ.