ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ބައިބަލާ މުބާރާތުގެ މިއަހަރު އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި އާބަންކޯ ސޮއިކޮށްފިއެވެ.
އާބަންކޯގެ ފަރާތުން ބައިބަލާ މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ މިއަދު އެކުންފުނީގެ ބޭއްވި ރަސްމީއްޔާތެއްގައެވެ. މިއަދު މި އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާތިރު އަބްދުއްރަހުމާނެވެ. އަދި ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކެޓްރީ އަލީ ސައީދެވެ.
Delighted to be the official partner for MTCC Eid Baibalaa Challenge 1444 for the first time in #MyHulhumalé. For the last 25 years, the challenge has been hosted in Malé. #Urbancomv #withurbanco@BaibalaaaMv pic.twitter.com/sJo1AqIIcB
— Urbanco (@hdcmaldives) April 18, 2023
މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު މިފަހަރު ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ޖުމްލަ 35 ޓީމަކުން ބައިވެރިވާ މި ބައިބަލާ ޗެލެންޖު ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއީ މި މުބާރާތް ހުޅުމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. އަރބަން ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަމުން އަންނަ އިރު އަރބަންކޯއިން މަސައްކަތްކުރަމުން މި އަންނަނީ ރާއްޖޭގައި ކުޅޭ މިފަދަ ހުރިހާ ކުޅިވަރަކަށް ވެސް ފުރުސަތު ލިބޭނެ ތަނަކަށް ހުޅުމާލެ ހެދުމަށެވެ.