Last Updated: June 20, 11:01
Saturday, June 20, 2026
ރިޕޯޓް

ރޯދަ ރަހަ: އެޕަލް ކޭކް

* ބޭނުންވާ ތަކެތި:

1 ޕެކެޓް ޔެލޯ ކޭކް މިކްސް
3 ބިސް
1 ދަޅު އާފަލް ޕައި (ފޮތިކޮށްފައި)
3/4 ޖޯޑު ހަކުރު (ބްރައުން ޝުގާ)
1 ސަމުސާ ފުށް
1 ސަމުސާ ބަޓަރު
1 ސައިސަމުސާ ފޮނިތޮށި
1 ޖޯޑު ވޯލްނަޓްސް (ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ 175 ޑިގްރީ އަށް އަވަން ހޫނުކުރަން ޖައްސާލާށެވެ.

ދެން ޓްރޭއެއްގައި، ތެޔޮ އުނގުޅާލާފައި، އެއަށް ދެން ކުޑަ ފުށްކޮޅެއް ސްޕްރިންކްލް ކޮށްލާށެވެ.

އެއަށް ފަހު ކޭކް މިކްސް، ބިސް އަދި ޕައިތައް އެއްކޮށްލާށެވެ. ޓްރޭގައި ރަނގަޅަށް ފަތުރާލާށެވެ. ދެން އެހެން ތައްޓެއްގައި ހަކުރު، ފުށް، ބަޓަރު، ފޮނިތޮށި އަދި ވޯލްނެޓްކޮޅު އެއްކޮށްލާށެވެ. ދެން މި މިކްސް ކުރިން ތައްޔާރު ކުރި މިކްސްގެ މައްޗަށް އަޅާފައި 35-40 މިނެޓް ވަންދެން ފިހެލާނީ އެވެ.