Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

އިހުޔާ ޕްރޮގްރާމްގެ ފަހު ފޯރަމް މިރޭ

ރޯދަ މަހުގެ ރޭތައް އިހުޔާކުރަން އިސްލާމިކް މިނިސްޓްރީން މި ރޯދަ މަހު ބާއްވަމުން އައި އިހުޔާ ޕްރޮގްރާމްގެ ފަހު ފޯރަމް މިރޭ ބާއްވަން ނިންމައިފި އެވެ.

އިސްލާމީ މަރުކަޒުގައި ބާއްވާ އެ ފޯރަމްގެ މައުޟޫ އަކީ "ފާފަ ފުއްސެވުމުގައި ﷲ ގެ އޯގާވަންތަވެރިކަން" އެވެ. މި މައުޟޫ އަށް ފޯރަމްގައި ތަގުރީރު ކުރައްވާނީ ޑރ. އަބްދުއްސައްތާރު އަބްދުއް ރަހުމާނެވެ.

ރޯދަ މަހުގެ ރޭތައް އިހުޔާކުރަން މިރޭ ބާއްވ ފޯރަމަކީ މި އަހަރުގެ 16 ވަނަ ފޯރަމެވެ. ފޯރަމްތައް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ބާއްވާފައިވެ އެވެ. އެގޮތުން 7 ރަށެއްގައި ފޯރަމް ބޭއްވި އެވެ. އެއީ އައްޑޫ ހިތަދޫ، ހދ. ކުޅުދުއްފުށި، ޅަ. ނައިފަރު، ރ. ދުވާފަރު، ހއ. ހޯރަފުށި، ގދ. ތިނަދޫގެ އިތުރުން ފުވައްމުލަކެވެ.

މި ފަހަރު ސްކޫލް ދަރިވަރުންގެ ފޯރަމްތަކެއް ވެސް އިސްލާމިކް މިނިސްޓްރީން ބޭއްވި އެވެ.