Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

"ކަޕިލް ޝަރުމާ ޝޯ" ދުވަސްކޮޅަކަށް ހުއްޓިދާނެ

ސޮނީ ޓީވީގެ މަގުބޫލު ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަށް އަނެއްކާ ވެސް މެދުކެނޑުމެއް ގެންނަން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން ކަޕިލް ބުނީ އެ މީހުންގެ ޓުއާއެއް ޖުލައި މަހު އެމެރިކާ އަށް ޕްލޭންކޮށްފައި އެބައޮތް ކަމަށެވެ. އެހެންވެ އެކަމާ ގުޅިގެން ކަޕިލް ބުނީ ޝޯ އަށް މެދުކެނޑުމެއް އައިސްދާނެ ކަމަށް ބުންޏެވެ.

"އެކަމަކު އެތަން ފޫބެއްދޭނެ ކޮންމެވެސް ގޮތެއްވޭތޯ އަހަރެމެން އެބަ ބަލަން،" އޭނަ ބުންޏެވެ. "އަދި ފުދޭ ވަރަކަށް ވަގުތު ވެސް އެބައޮތް."

މިދިޔަ އަހަރު ވެސް ކަޕިލް އާއި އޭނަގެ ޓީމް އެމެރިކ/ކެނެޑާގެ ޓުއާއަކަށް ދާން "ދަ ކަޕިލް ޝަރުމާ ޝޯ" ޖޫން މަހުގެ ތެރޭގައި މެދުކަނޑާލި އެވެ. އަދި ސީޒަނާ އެކީ ޝޯ އަލުން ފެށީ ސެޕްޓެމްބަރު މަހުގެ 10 ގަ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އަކީ އިންޑިއާގެ އެންމެ މަގުބޫލު އެއް ޓީވީ ޝޯ އެވެ. މި ޝޯގެ މެހުމާނުންގެ ގޮތުގައި އާންމުކޮށް ބައިވެރި ވަނީ މުނިފޫހި ދާއިރާގެ ފަންނާނުންނެވެ. ހާއްސަކޮށް މަޝްހޫރު ފިލްމީ ތަރިންގެ ފިލްމުތައް ޝޯގައި ޕްރޮމޯޓްކުރެ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގައި ގެނެސްދޭ ޝޯއެކެވެ.